ޚަބަރު

މައުމޫނާއި ފާރިސް އަދި ދެ ފަނޑިޔާރުން އަނބުރާ ޖަލަށް، ދެން ތިބި "ސިޔާސީ ހައްޔަރީން" ދޫކޮށްލައިފި

25 Sep 09:39

އިލްހާމާއި ސިނާނާއި އަރީފް އަދި ނަދީމް ވެސް ކޯޓުން ނެރެފި.

25 Sep 09:23

އިދާރީ ކަންތައްތައް ނިންމަން ހުރުމުން ނަދީމާއި އަރީފް ކޯޓުން ނެރެވޭނީ ގަޑިއިރެއް ފަހުން ކަމަށް އަންގައިފި

25 Sep 09:12

ކްރިމިނަލް ކޯޓުން ފުލުހުންގެ ތިން ވެހިކަލް ނުކުމެއްޖެ. ނަމަވެސް އޭގައި ތިބީ ކޮން ބައެއް ކަމެއް ނޭނގޭ.

25 Sep 09:09

25 Sep 08:49

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަދި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދްވެސް ބަންދުގައި ބެހެއްޓަން އަމުރުކޮށްފި.

25 Sep 08:33

ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާ މެމްބަރު އިލްހާމް އަހުމަދުވެސް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި.

25 Sep 08:31

25 Sep 06:46

މެންބަރު ރިޔާޒް ކޯޓުން ނުކުމެވަޑައިގެންފި. ގިނަ ބަޔަކު ރިޔާޒަށް ވަނީ މަރުހަބާ ކިޔާފައި.

25 Sep 05:52

25 Sep 05:50

ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޯޓުން ނުކުމެވަޑައިގެންފި. ރައީސް މައުމޫނުގެ ޝަރީއަތް ނިމުނު ކަމެއް އަދި ކަށަވަރުވެފައެއް ނުވޭ.

25 Sep 05:43

ރައީސް މައުމޫނާއި އިތުރު "ސިޔާސީ ހައްޔަރީން" ވެސް މިހާރު ކްރިމިނަލް ކޯޓަށް ވައްދާފައިވާ ކަމަށް މައުލޫމާތު ލިބޭ.

25 Sep 05:43

25 Sep 05:05

25 Sep 05:03

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކްރިމިނަލް ކޯޓަށް ގެނެސްފި. ކޯޓުގައި މިރޭ ކުރިއަށްގެންދާ ޝަރީއަތުގެ މަޖިލީހުގެ މަޖިލީހުގައި ރައީސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަމަށް ހަމަޖެހިފައިވޭ.

25 Sep 04:51

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް، އެއް ލޯންޗެއްގައި ދާދި ދެންމެއަކު މާލެ ގެނެސްފި.

25 Sep 04:42

25 Sep 04:39

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް، އަޑުއެހުމުގައި ބައިވެރިވުމަށް ކޯޓަށް ވަޑައިގެންފި.

ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވޭ.

25 Sep 04:35

ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާއި ކުށެއްނެތި ޖަލަށްލާފައިވާ އެހެން މީހުން ވެސް މިނިވަންކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސީ ކެމްޕެއިންގެ ތެރެއިން ވިދާޅުވެފައިވޭ.

25 Sep 04:32

މެންބަރު އަބްދުﷲ ރިޔާޒު މިނިވަންކުރުމަށް ކޯޓުން ހުކުމްކުރީ ރިޔާޒު އިތުރަށް ބަންދުގައި ބަހައްޓާނެ އެއްވެސް ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވުމަށްފަހު.

25 Sep 04:29
މުހައްމަދު އައުޒަމް

އަބްދުﷲ ރިޔާޒުގެ އިތުރުން މިއަދު ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވާ އެހެން ބޭފުޅުން މާލެ ގެނެސްފި.

25 Sep 04:16
މުހައްމަދު އައުޒަމް

އިރުއޮއްސި 6:30ގައި އަބްދުﷲ ރިޔާޒް ކޯޓުން ނެރޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ.

25 Sep 04:03
މުހައްމަދު އައުޒަމް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި.

ހަތަރު މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށްލުމަށް އިއްވާފައިވާ ހުކުމް ވަނީ މިމަހުގެ 15 ވަނަ ދުވަހު ތަންފީޒުކޮށް ނިމިފަ. އޭގެ ފަހުން ވެސް ރިޔާޒް މިނިވަންކޮށްފައިނުވަނީ ފުލުހުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކަމަށް ބުނެ.

25 Sep 03:58

25 Sep 03:51

25 Sep 03:50

25 Sep 03:48
މުހައްމަދު އައުޒަމް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި މެންބަރު އަބްދުﷲ ސިނާނާއި މެންބަރު އިލްހާމް އަހުމަދާއި ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. ހުރިހާ ބޭފުޅުން ގެނެސް، އަބްދުﷲ ރިޔާޒްގެ ޝަރީއަތާއެކު ހުރިހާ ބޭފުޅުންގެ ޝަރީއަތް އެއް ވަގުތެއްގައި ފަށާގޮތަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބޭ.

25 Sep 03:44

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ފަނޑިޔާރު އަލީ ހަމީދާއި އަބްދުﷲ ސައީދު ވެސް މިއަދު ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވޭ.

ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން އިލްހާމް ވަނީ ބަންދުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު.

އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި.

25 Sep 03:37
މުހައްމަދު އައުޒަމް

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ޝަރީއަތް އަދި ނުފެށޭ.

25 Sep 03:31

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފު ދޫކޮށްލުމާ މެދު ގޮތެއް ނިންމުމަށް އެ ދެ ބޭފުޅުން ވެސް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5:00ގައި.

މެންބަރު ސިނާން ހައްޔަރުކޮށް ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ދަނީ ދައުވާ ކުރަމުން. އިތުރު ބަޔަކާ ގުޅިގެން ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލުމަށް ރިޝްވަތު ނެގި ކަމުގެ ތުހުމަތު ވެސް ވަނީ އޭނާ މައްޗަށް ވަނީ ކޮށްފައި.

އަރީފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ނެރުމުގައި އަރީފްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް.

25 Sep 03:25

25 Sep 03:21

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާދަމާ ކޯޓަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ މާދަމާ މެންދުރު 1:00ގައި.

ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން މަހުލޫފު ހުންނެވީ ގޭ ބަންދުގައި.

މަހުލޫފު ވަނީ ކޯޓަށް ހާޒިރުކުރުމާ ގުޅިގެން ޓުވީޓެއް ވެސް ކުރައްވައިފަ.. މަހުލޫފު ދޫކޮށްލުމުގެ ކުރިން ގއ. ކޮލަމާފުށިން ހައްޔަރުކުރި ހިތްވަރުގަދަ ޒުވާނުން، އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސް އަމީޒު ހަސަނާއި ނަޒުމާއާއި އަޒުމީ އަދި ސިޔާސީ ގޮތުން ހައްޔަރުކޮށްފަ ތިބި ހުރިހާ ރައްޔިތުން ދޫކޮށްދެއްވުމަށް އެދިވަޑައިގެންނެވި.

25 Sep 03:18

މިއަދު ހަވީރު 5:00ގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވޭ.

މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި މައުމޫންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ.

ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން. އެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާ ވެސް ވަނީ ނަދީމްގެ މައްޗަށް އުފުލާފައި.

25 Sep 03:17

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިނިވަން ކުރުމާމެދު ގޮތެއް ނިންމުމަށް ގޮތެއް ނިންމުމަށް މިހާރު ވަނީ ކޯޓަށް ހާޒިރުކޮށްފަ.

ހަތަރު މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށްލުމަށް އިއްވާފައިވާ ހުކުމް ވަނީ މިމަހުގެ 15 ވަނަ ދުވަހު ތަންފީޒުކޮށް ނިމިފައެވެ. އޭގެ ފަހުން ވެސް ރިޔާޒް މިނިވަންކޮށްފައިނުވަނީ ފުލުހުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކަމަށް ކްރެކްޝަނުން ބުނޭ.

ހައްޔަރުކޮށްފައިވާ ސިޔާސީ ގިނަ ފަރާތްތަކެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމާ ގުޅިގެން ގެނެސްދޭ ލައިވް ކަވަރޭޖަށް 'ވަން'ގެ ކިޔުންތެރީންނަށް މަރުހަބާ!