ޚަބަރު

ރައީސް ނަޝީދަށް ތުހުމަތު ކުރެވޭ މައްސަލައެއް އޭސީސީއަށް

ދެކުނުގެ އަތޮޅު ތަކަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅަކާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހަޅައިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، ވިދާޅުވީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސް ނަޝީދު ދެކުނަށް ކުރެއްވި ދަތުރުފުޅަކީ މަޖިލީހުގެ ބަޖެޓުން ހަރަދުކޮށްގެން އެމްޑީޕީގެ އެކްޓިވިސްޓުންނާ ބައްދަލުކުރެއްވި ދަތުރުފުޅެއް ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އަދި އެ މައްސަލަ ބަލަން ފެށި ކަމެއް އޮފިޝަލު ވިދާޅުވެއް ނުވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލަރުންނަށް ހާއްސަކޮށްގެން ގއ. ވިލިނގިލީގައި "ދެކުނު މަހާސިންތާ"ގެ ނަމުގައި ބައްދަލުވުމެއް ބޭއްވީ އޮކްޓޯބަރު 30 ގައެވެ. ރައީސް ނަޝީދު ފައްޓަވައިދެއްވީ އެ ބައްދަލުވުގައި ލ، ގއ، ގދ, ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އާއިއެކު ޖުމްލަ ހަތަރު އަތޮޅުގެ ކައުންސިލުން ބައިވެރިވިއެވެ.