ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރުގެ އެއްވެސް މަގާމަކަށް އައްޔަންކުރާ ފަރާތެއްގެ މުދަލާއި މާލީ ބަޔާން ހާމާކުރެވޭނެ ގޮތެއް އެކުލަވާލުމަށް ނިންމައިފިއެވެ.
ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރެއްވުމަށް ހަމަޖެހިފައިވާ އެ މަސައްކަތުގައި ސަރުކާރުގެ މަގާމުތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ފަރާތްތަކުންނާއި އެ ފާރްތަކުންގެ އަނބީންނާއި ފިރީންވެސް ހިމެނެއެވެ.
އެ މައުލޫމާތުތައް ހާމަކުރެވޭނެ ގޮތެއްގެ އިތުރުން އެ މައުލޫމާތު ގަވާއިދުން ރިވިއު ކުރުމުގެ މެކޭނިޒަމެއް އެކުލަވާލުމަކީ ވެސް 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެެރެއިން ކަމެކެވެ.
އޭގެއިތުރުން ހުރިހާ އިންތިޚާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އެންޓިކަރަޕްޝަން އަދި ގުޑްގަވަރނެންސްއާ ގުޅޭ ޕްރޮގްރާމެއް ހިންގުމާއި އާންމުންނަށް ޚިޔާލު ހުށަހެޅުމާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަސައްކަތަކީވެސް 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.