ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުމަށް ނިންމައިފިއެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭ އެކި ދާއިރާތަކުން ކުރައްވާނެ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ.
އެގޮތުން ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުމަށް ހަމަޖެހިފައިވެއެވެ.
ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން 500000ރގެ ބަޖެޓެއް ހަމަޖެއްސުމާއި މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން އަންހެން އަދި ފިރިހެން ގައުމީ ޓީމަށް ދެވޭ އެލެވަންސްގައި ހުރި ފަރަގާއި ޤައުމީ ޓީމުތަކަށް ދެވޭ އެލަވަންސްގެ ފަރަގު ނައްތާލުމަށް ވެސް ހަމަޖެހިފައިވެއެވެ.
ކުޅިވަރުގެ ދާއިރާއަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާ ކަންތައްތައް: