ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަސްތެރޭގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް ފްލެޓް ދިން ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭ އެކި ދާއިރާތަކުން ކުރައްވާނެ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ.
އެގޮތުން ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ހައްގުވެ، އެހެންނަމަވެސް ނުލިބިވާ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވެއެވެ. އަދި ހަމަހަމަ އުސޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރުމަށް ވެސް ނިންމާފައިވެއެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދައުލަތުގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ހިންގާފައިވާ ގާނޫނާ ހިލާފު އަމަލުތަކާއި، މަގާމުގެ ޒިންމާ ނުއުފުލުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިމާޔަތް ނުލިބުމުގެ މައްސަލަތައް ބެލުމަށް ނިންމާފައިވެއެވެ.
އިންސާފު ހޯދުމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާ ކަންތައްތައް:
- ސިޔާސީ ލީޑަރުން ފުރަތަމަ ދުވަހު މިނިވަންކުރެވޭނެ.
- ދައުލަތުގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ހިންގާފައިވާ ގާނޫނާ ހިލާފު އަމަލުތަކާއި، މަގާމުގެ ޒިންމާ ނޫފުލުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިމާޔަތް ނުލިބުމުގެ މައްސަލަތައް ބެލެން ފެށޭނެ.
- ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކިމީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް/ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރަން ފެށޭނެ.
- އަނިޔާދީ، މަރާލާ، ގެއްލުވާލާ، ޖަލަށްލާ، އަރުވާލެވެން މަޖުބޫރުކުރުވާ އަދި މުދަލަށް ގެއްލުން ދެވިފައިވާ ހުރިހާ ރައްޔިތުންނަށް އިންސާފު ލިބިދިނުމުގެ މަސައްކަތް ފެށޭނެ.
- ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ހައްގުވެ އެހެންނަމަވެސް ނުލިބިވާ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެއެވެ. އަދި ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރެވޭނެ.
- އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަށް ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށޭނެ ޖުވެނައިލް ޖަސްޓިސް ގާނޫނު މަޖިލިހަށް ހުށައެޅޭނެ
- ޕޭކޮމިޝަން މެދުވެރިކޮށް ސަރުކާރު މުސާރައިގެ އޮނިގަނޑު މުރާޖައާކޮށް ގެންނަން ފެންނަ ބަދަލުތައް ދެނެގަނެވޭނެ.
- ނުހައްގުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމުގެ މަސައްކަތް ފެށޭނެ. އަދި ވަޒީފާ އަދާކުރަމުން ދިޔަ ތަންނޫން އެހެން ތަންތަނަށް ނުހައްގުން ބަދަލުކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާ ބަދަލުކުރެވުމުގެ މަސައްކަތް ފެށޭނެ.
- ސިޔާސީ ހައްޔަރީންނާއި ސިޔާސީ ނުވަތަ ޒާތީ ސަބަބުތަކަށްޓަކައި ހައްޔަރުކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލަން ފެށޭނެ.
- ހުރިހާ މިނިވަން މުއައްސަސާތަކުގައި މިހާރު ކަންހިގާ ގޮތުގެ އޯޑިޓެއް ހެދި އަދި އެތަނެއް އެފިޝަންޓް ކުރަން ފެށޭނެ މުޅި ޝަރުއީދާއިރާގެ އޯޑިޓެއް ހެދި އަދި އެތަންތަން އެފިޝަންޓް ކުރަން ފެށޭނެ.