ޚަބަރު

މަސްވެރީންނަށް ޑީސަލްގެ ޑިއުޓީ ކަނޑައިލައި ރާއްޖެއަށް ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފުކުރަނީ

1

މަސްވެރިކަމަށް ނިކުންނަން ކުރަން ޖެހޭ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މަސްވެރީންނަށް ޑީސަލްގެ އިމްޕޯޓު ޑިއުޓީ ކަނޑައިލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމަނުއްވައިފި އެވެ.

މީގެ އިތުރުން ޑައިމަންޑް ބެކްސްކުއިޑް (ތުތި ބޯވަދިލަމަސް) ގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތައާރަފުކުރަން ވެސް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތާވަލުގައި ވަނީ ހިމަނުއްވައިފަ އެވެ.

ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންތައްތަކެއްގެ ލިސްޓެއް އިއުލާނުކުރައްވައިފަ އެވެ. އެ 100 ވައުދުގެ ތެރޭގައި ރައްޔިތުންނާ ގުޅުން ހުރި އެކި ދާއިރާތަކުން ގިން ކަންތައްތަކެއް ވަނީ ހިމަނުއްވައިފަ އެވެ.

ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ރާއްޖެ އަށް ތައާރަފުކުރެއްވުމާއި މަސްވެރީންނަށް ޑީސަލްގެ އިމްޕޯޓު ޑިއުޓީ ކަނޑައިލައްވަން ހިމަނުއްވާފައި ވަނީ މަސްވެރިކަމުގެ ދާއިރާއިން އެ މުއްދަތުގެ ތެރޭގައި ކުރައްވާން ނިންމަވައިފައިވާ ކަންކަމުގެ ތެރޭގަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟