ލ. ގަމު ތުނޑީ އަވަށު ގެޔަކަށް ވަދެ ދެ އަންހެނުންނަށް ބިރުދައްކައި އެމީހުންނާއެކު ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވާ ދެ މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެއީ 28 އހަަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެގޭތެރެއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 02:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުން އެގޭތެރެއިން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު ރިޕޯޓާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.