ހައިކޯޓު

ޕީޖީން މައްސަލަ ގެންދަން ބޭނުންވެގެން އީރާނު ބޯޓުގެ 7 މީހުންގެ ބަންދުގެ މައްސަލަ ހައިކޯޓުން ކެންސަލްކޮށްފި

އިބްރާހިމް ޒަކީ

ރާއްޖެ ސަރަހައްދުން ހިފެހެއްޓި އީރާނުގެ މަސްބޯޓުގައި ތިބި އެ ގައުުގެ ހަތްމީހުންގެ ބަންދުގެ އަމުރާ ބެހޭގޮތުން ހައިކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކުރި އިސްްތިއުނާފުގެ މައްސަލަ ކެންސަލް ކޮށްފިއެވެ.

ހައިކޯޓުން ބުނީ މި ހަތް މީހުންގެ މައްސަލަ ކެންސަލްކުރީ އެ މައްސަލައިގަ ދައުވާ ކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުންވެގެން ހުށަހަޅާފައި ވާތީ ކަމަަށެވެ.

މި ހަތްމީހުންގެ މައްސަލަ ހައިކޯޓުގައި ތާވަލު ކޮށްފައި އޮތީ މިއަދު ހެނދުނު 9:30 އަށެވެ.

މި މައްސަލައާބެހޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ތައުފީގު ފޯނު ނުނަންގަވާތީ އެ އޮފީހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އީރާންގެ މި ބޯޓު އަތުލައިގަތީ މި އަހަރުގެ މެއި މަހުގެ ހަތްވަނަ ދުވަހުއެވެ. މި ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ.

ކޯސްޓްގާޑް ޝިޕް ހުރަވީން މި ބޯޓު އަތުލައިގެންފައި ވަނީ ބ އަތޮޅު ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން ނެވެ.

ބޯޓުން ހައްޔަރުކުރި ހަތް މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.