ޚަބަރު

މަސްތުވެގެން ހުރެ ބަޔަކަށް ބިރު ދެއްކި ސަފާރީއެއްގެ ވެރިޔަކު ހައްޔަރުކޮށްފި

ސަފާރީއެއްގެ ވެރިއަކު، މަސްތުވެގެން ހުރެ އެ ސަފާރީގައި ތިބި ބަޔަކަށް ބިރު ދެއްކުމުން ހައްޔަރުކޮށްފިއެވެ.

ފުލުުހުން މިރޭ ބުނީ، އެހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އދ. ދިއްދޫ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން ފުލުހުން އެ ސަފާރީއަށް ގޮސް އެ އުޅަނދުގެ ވެރިޔާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ނަމަވެސް އޭނާ ބިރު ދެއްކީ ސަފާރީގައި ތިބި ޓޫރިސްޓުންގެ ބަޔަކަށް ކަމެއް ނުވަތަ ދިވެހިންތަކަކަށް ކަމެއް ނޭނގެއެވެ. ފުލުހުން ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.