ލެބަނީސް ފެޝަން ޑިޒައިނަރު، އެލީ ސާބް ގެ ސެންޓް ފުރަތަމަ ފަހަރަށް ލެކިއުޓުން ރާއްޖެއަށް ތައާރަފް ކޮއްފިއެވެ.
އެލީސާބް އަކީ ލެބަނާން އުފަން އެހެނަސް މިހާރު މުޅި ދުނިޔޭގެ 160 ލޮކޭޝަނެއްގައި އަމިއްލަ ފިހާރަ ގެންގުޅޭ ފެޝަން ޑިޒައިނަރެކެވެ.
އެލީ ސާބް އަކީ ފްރާސްގެ ފެޝަން ފެޑެރޭޝަނުން ޖާގަ ލިބުން ހަމައެކަނި އަރަބި ޑިޒައިނަރެވެ. ހަމައެއާއެކު ބޭރުގެ ގައުމުގެ މީހަކަށް އިޓަލީގެ ފެޝަން ފެޑެރޭޝަނުން ޖާގަ ލިބުނު ހަމަ އެކަނި ޑިޒައިނަރުވެސްމެއެވެ.
އޭނާގެ އެންމެ ފުރަތަމަ ސެންޓައް ވަނީ ޔޫކޭ، ޔޫއެސް އަދި ފްރާންސްގައި އެއަހަރު ނުކުތް އެންމެ ކާމިޔާބް އާ ސެންޓްގެ އެވޯޑް ހޯދާފައެވެ.
ރާއްޖެގެ މާކެޓެކަށް ދުނިޔޭގެ އެންމެ މަތީ ހަރުފަތުން ޖާގަ ހޯދާފައިވާ ބްރޭންޑް "އެލީ ސާބް" ވިއްކުމުގެ ލައިސަންސް ލިބުމަކީ ރާއްޖޭގެ ކަސްޓަމަރުންނަށް ލިބޭ ފަސޭހައެކެވެ.
ލެކިއުޓުން އެލީސާބްގެ ނުވަ ސެންޓެއް ތައާރަފް ކުރިއިރު، މިސެންޓް ލެކިއުޓްގެ ފިހާރަ ތަކުންނާއި އެމީހުންގެ ވެބްސައިޓް، lecute.com އިން ގަންނަން ލިބެން ހުންނާނެއެވެ.