ޚަބަރު

ގައްދޫގައި އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގެއިން 90،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

މަރިޔަމް ޝަހުދާ

ގދ.ގައްދޫގައި އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގެއިން 90،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ގެއިން ވައްކަން ކޮށްފައިވަނީ މިއަދު ފަތިހު 5:30 ހާއިރެވެ.

ފުލުހުން ބުނީ އުމުރުން ދުވަސްވީ ދެމަފިރިން ދިރިއުޅެމުން އަންނަ ގެއިން ވައްކަން ކޮށްފައިވަނީ އެގޭގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ. އަދި އެގެއިން ޖުމްލަ 95،000 ރުފިޔާ އާއި 1000 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.