މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 6،008 ޕާސްޕޯޓް ޕްރޮސެސްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު އާންމުކުރި، މިދިޔަ މަހުގެ ޕާސްޕޯޓު ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ތެރޭގައި 13 ޕާސްޕޯޓު ކާޑު ޕްރޮސެސްކޮށްފައިވެއެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައި ތާޑް ޕާޓީން އެޕްލައިކޮށްގެން އެމްބަސީތަކުން 79 ޕާސްޕޯޓާއި، މާލެއިން 510 ޕާސްޕޯޓު އަދި އަތޮޅުތެރެއިން 169 ޕާސްޕޯޓު ޕްރޮސެސް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އޭގެ އިތުރުން 36 ފަރާތަކަށް ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެގެން ވަނީ ޕާސްޕޯޓު ދޫކޮށްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެންމެ ގިނަ ޕާސްޕޯޓު ޕްރޮސެސްކޮށްފައިވަނީ މާލޭގައި ހުންނަ އިމިގްރޭޝަނުގެ އޮފީހުންންނެވެ. އެގޮތުން މާލެއިން 4،784 ޕާސްޕޯޓު ޕްރޮސެސްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.