ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް އަލީ ޒާހިރާއި އަލީ ޝިޔާމް އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އަލީ ޒާހިރާއި އަލީ ޝިޔާމަށް މިރޭ ވަނީ އެ މަގާމުތައް އައްޔަންކުރި ކަމުގެ ފަތްކޮޅު އަރުވައިފައެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އަލީ ޒާހިރަކީ އަދާލަތު ޕާޓީގެ ނައިބު ރައީސެވެ. އަލީ ޒާހިރުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ރައީސް އިބޫ ސޯލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރަކަށް އައްޔަންކުރައްވައިފައެވެ.
މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރުކަމުގެ މަގާމުތައް އައްޔަންކުރެއްވި ބޭފުޅުންނަށް ވެސް ވަނީ ފަތްކޮޅު އަރުވައިފައެވެ.