ޚަބަރު

މެމްބަރު ފައްޔާޒުވެސް އިސްތިއުފާ ދެއްވައިފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވައިފިއެވެ.

ދާދި ފަހުން އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައިވާއިރު އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ވޭތުވެ ދިޔަ ހަތަރު އަހަރު ތަމްސީލްކުރެއްވި ދާއިރާގެ ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ދެއްވި އެއްބާރުލުމާއި ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށެވެ.

ފައްޔާޒް އިސްތިއުފާ ދެއްވާފައިވާއިރު އޭނާގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ ދީދީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްވެސް ވަނީ ދާދި ފަހުން މެމްބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.