އިބްރާހިމް ޒަކީ
އެމްޕީއެލްއިން އަމަލު ކުރަމުން އައި ޕްރޮކިއުމެންޓްގެ ގަވާއިދާ ހިލާފަށް އެޑްވާންސް ފައިސާގެ ގޮތުގައި، މަސައްކަތް ފެށުމުގެ ކުރިން 37.6 މިލިޔަން ރުފިޔާ އެކި ފަރާތްތަކަށް އެމްޕީއެލްއިން ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަ ވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި އެމްޕީއެލްގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެމްޕީއެލްއަށް ހޯދާފައިވާ ހިދުމަތުގެ އަގަށް ފައިސާ ދައްކާފައިވާގޮތް ބެލި އިރު، އެޑްވާންސް ފައިސާގެ ގޮތުގައި، ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް 16 ފަރާތަކަށް ޖުމުލަ 37.60 މިލިއަން ރުފިޔާ، މަސައްކަތް ފެށުމުގެ ކުރިން މަސައްކަތާ ހަވާލުވި ފަރާތަށް ދީފައިވާ ކަމަށެވެ.
އެޑްވާންސަށް އިތުރަށް ދީފައިވާ ފައިސާގެ ތެރޭގައި ހިމެނެނީ ދިވެހި ރުފިޔާއިން ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކާގުޅިގެން 12 ފަރާތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭން ޖެހޭ ވަރަށްވުރެ އިތުރަށް ދީފައިވާ 8.46 މިލިޔަން ރުފިޔާ ކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.
އެޑްވާންސް ފައިސާގެ ގޮތުގައި ފައިސާ ދޫކުރަން ޖެހޭ ވަރަށްވުރެ އިތުރަށް ދީފައިވާ ފައިސާގެ އަދަދު (ދިވެހި ފައިސާގެ މުއާމަލާތްތައް) ތަފްސީލް:
އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނި ގވާއިދުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ފައިސާ ދިނުމުގެ ސަބަބުން، މާލީ ގޮތުން ގާބިލް ނޫން ފަރާތްތަކަށް މަސައްކަތް ހަވާލު ކުރުމަށް މަގުފަހިވެ އޭގެ ސަބަބުން ވަޖި ފަރާތްތަކަކަށް ނާޖާއިޒު ހޯދައި ދިނުމަށް މަގުފަހި ވާނެ ކަމަށެވެ.
އެޑްވާންސް ފައިސާގެ ގޮތުގައި ފައިސާ ދޫކުރަންޖެހޭ ވަރަށްވުރެ އިތުރަށް ދީފައިވާ ފައިސާގެ އަދަދު (ޑޮލަރުގެ މުއާމަލާތްތައް) ތަފްސީލް:
މި މައްސަލައާ ގުޅިގެން ގަވާއިދާ ހިލާފަށް ފައިސާ ދުކޮށްފައިވާ ފަރާތްތަކަށް އެ ފައިސާ ދޫކުރި އޮތް ތަހުގީގު ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލް، އެ ރިޕޯޓްގައި ވަނީ ލަފާ ދެއްވައިފައެވެ.