ޚަބަރު

އައިޖީއެމްއެޗް އައިސީޔޫ ވެއިޓިން އޭރިއާގެ ސީލިންގުގެ ބައެއް ވެއްޓިއްޖެ

ސަރުކާރު މައި ހޮސްޕިޓަލު، އައިޖީއެމްއެޗްގެ އައިސީޔޫގެ ވެއިޓިން އޭރިއާގެ ސީލިންގުގެ ބައެއް ވެއްޓިއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު މިހެން ވިދާޅުވި ނަމަވެސް، އައިސީޔޫގެ ސީލިންގުން ބައެއް ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާއެއް ވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.