ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިސްލާމް ދީނުގެ އަސާސްތައް ނަގަހައްޓާ ދަމަހައްޓާނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

1

ރާއްޖޭގައި އިސްލާމް ދީނުގެ އަސާސްތައް ނަގަހައްޓައި، ދަމަހައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު، ރައްޔިތުންނާއި މުޚާތަބުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި އޮތް އިސްލާމްދީން ނަގަހައްޓައި، ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން ފަރުޟު ޙައްޖުގެ އަޅުކަން ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ކުރެވޭގޮތް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިސްލާމް ދީނުގެ އުސޫލުތައް ދަމަހައްޓާ ސަރުކާރެއްގެ މަންޒަރު ރާއްޖެއިން ފެނިގެންދާނެކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މިހާރު އޮތް ގާނޫނުއަސާސީއަކީ ކުރިން ލިބިފައި ނުވާ އެތައް ހައްގުތަކެއް ކަށަވަރު ވެފައިވާ ގާނޫނުއަސާސީއެއް ކަމަށެވެ. އަދި އެ ގާނޫނުއަސާސީ ގެނެސްދިން ނިޒާމު ހަރާބުވެ ވިއްސިވިހާލިވެފައިވާކަމީ ހަގީގަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ކުރަން އޮތް މަސައްކަތަކީ އެ ގާނޫނުއަސާސީގެ ހައްގުތައް ކަށަވަރުކޮށްދީ، ރައްޔިތުންނަށް އިންސާފު ގާއިމްކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ކުރެއްވި ގާނޫނީ ހުވަޔާއި ޚިލާފް ނުވާނެކަން ފާހަގަކުރައްވާ ވިދާޅުވީ މިސަރުކާރު ވެގެންދާނީ ރައްޔިތުންނަށް އިންސާފު ލިބި، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭ ސަރުކާރަކަށް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟