ޚަބަރު

ރައީސް ސޯލިހުގެ ކެބިނެޓު ހުވާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓު ހުވާކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ކެބިނެޓު ހުވާކުރެއްވީ ދާދި ދެންމެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިމަތިފުޅުމަތީގައެވެ. ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ތިރީގައި އެވަނީއެވެ.

1. އަބްދުﷲ ޝާހިދު - މިނިސްޓަރ އޮފް ފޮރިން އެފެއާޒް

2. މާރިޔާ އަހުމަދު ދީދީ - މިނިސްޓަރ އޮފް ޑިފެންސް

3. އިމްރާން އަބްދުﷲ - މިނިސްޓަރ އޮފް ހޯމް އެފެއަޒް

4. އިބްރާހީމް އަމީރު - މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

5. ޑރ. އިބްރާހީމް ހަސަން - މިނިސްޓަރ އޮފް ހަޔަ އެޑިޔުކޭޝަން

6. މުހައްމަދު އަސްލަމް - މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ

7. މުހައްމަދު މަލީހު ޖަމާލު - މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ

8. އަބްދުﷲ އަމީން - މިނިސްޓަރ އޮފް ހެލްތް

9. ޑރ. އާއިޝަތު އަލީ - މިނިސްޓަރ އޮފް އެޑިޔުކޭޝަން

10. އިބްރާހީމް ރިފްއަތު - އެޓާނީ ޖެނެރަލް

11. އަލީ ވަހީދު - މިނިސްޓަރ އޮފް ޓޫރިޒަމް

12. ފައްޔާޒް އިސްމާއީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

13. ޒަހާ ވަހީދު - މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

14. ޑރ. އަހުމަދު ޒާހިރު - މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް

15. އައިމިނަތު އާތިފާ - މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް

16. އަހުމަދު މަޚުލޫފް - މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް

17. ޝިދާތާ ޝަރީފު - މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސެސް

18. އާއިޝަތު ނަހުލާ - މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

19. ޑރ. ހުސެއިން ރަޝީދު - މިނިސްޓަރ އޮފް އެންވަޔަރަންމެންޓް

20. ޔުމްނާ މައުމޫން - މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓު މިރޭ ހުވާކުރެއްވި އިރު، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެެއް ބޭފުޅުންނަކީ ކުރީން ވެސް ވަޒީރުކަން ކުރައްވައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކަން ފާހަގަކޮށްލަން ޖެހެ އެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް އާއި ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަން ހިމެނިވަޑައިގަންނަވަ އެވެ.