ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނު ތަކަކީ ދަރަނީގެ ދަންތުރަ ތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ ލޮކްސަބާ ޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗައިނާގެ ލޯނު ތަކަކީ ދަރަނީގެ ދަންތުރަތަކެއް ކަމަށެވެ. އަދި ޗައިނާގެ މަސައްކަތްތަކަކީ ކޮންކްރީޓް ތަކަކުން ރާއްޖެއަށް ގެނައި ތަރައްގީ ކަމަށާއި އެއީ ތަރައްޤީ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ދިވެހިން ދައްކަންޖެހޭ ބޮޑެތި ލޯނުތަކެއް ކަމަށް ރައީސް ނަޝީދުވިއެވެ.
ރައީސްް ނަޝީދު އިތުރަށް ވިދާޅުވީ އިންޑިއާގެ އާބާދީ އަކީ އެއްބިލިއަން ރައްޔިތުންކަމަށް ވާއިރު އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ކަންކަމުގައި އަމަލު ކުރާގޮތާއި ބަހުސްކުރާގޮތް ދަސްކޮށް، އިބްރަތް ހާސިލް ކުރަން ޖެހޭކަމަށެވެ. އަދި ޑިމޮކްރަސީ ފައްކާ ކުރުމަށް، މަޖިލިސް މިނިވަންކަންމަތީ އޮންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެ، ޗައިނާ ފްރީޓްރޭޑް އެގްރީމަންޓަށް އަލިއަޅުވާލައްވައި ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށެވެ.