ޚަބަރު

އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ރާއްޖޭގެ ފޮރިން މިނިސްޓަރަށް މަރުހަބާ ވިދާޅުވެއްޖެ

އިންޑިއާ މޯލްޑިވްސް ޖޮއިންޓް ކޮމިޝަންގެ ހަވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަޑައި ގަތުމުން އިންޑިއާގެ ވެރި ރަށުގެ ހައިދަރުއާބާދު ހައުސްއިން އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ސުބްރަމާނިޔަމް ޖަޔަޝަންކަރު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރަށް މަރުހަބާ ވިދާޅުވުމަށް ބޭއްވި ބައްދަލު ވުމުގައި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރިއަށް ގެންދަން ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާ އާދެމެދެ ޖޮއިންޓް ކޮމިޝަނެއް އުފެއްދީ 1986 ވަނަ އަހަރު، އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށްވި އެއްބަސް ވުމެއްގެ ދަށުންނެވެ.

މިއީ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އެކުލަވައިލި އެއްބަސް ވުމެކެވެ.