ޚަބަރު

މަޖިލިސް ރައީސް އިންޑިއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

މުހައްމަދު ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފި އެވެ.

މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަޝީދާއި މޯދީ ބައްދަލު ކުރެއްވީ މިއަދު އެވެ.

މި ބައްދަލުވުމާބެހޭ ގޮތުން ރައީސް ނަޝީދު ކުރެެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ސަރަހައްދީ މައްސަލަތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލު ތަކުގެ އިތުރުން " ޕެރިސް އެގްރީމަންޓް" އާއި އިއާދަ ކުރަނިވި ހަކަތައާ ބެހޭގޮތުން ދެބެފުޅުން ވަހަކަ ދެއްކެވިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓް

މީގެ އިތުރުން އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކާއި ފަޅުތަކާއި ފަރުތައް ހިމާޔަތްކުރުމާއި ގުދުރަތީ ގޮތުން ދިމާާވާ އެކި އެކި ހާދިސާތަކުން ރައްކާތެރިިވުމަށް ދެ ގައުމުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވާހަކަ މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.