ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެ ބިލާމެދު އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައި މިވަނީ، ބިލުގެ ކޮމިޓީ މަރުހަލާ، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފެށުމުގެ ކުރިންނެވެ.
އޭޖީ އޮފީހުން ބުނީ، އެ ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލީ ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލުތަކަށް ބިނާކޮށް، ބިލު މުރާޖަައާކޮށް، އިސްލާހު ކުރުމަށް ކަމަށެވެ.
މަދަނީ އިޖުރާއަތުގެ ބިލަކީ މަދަނީ މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގާނޫނެއް ނެތުމުގެ ސަބަބުން، މަދަނީ އަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، އެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދައުވާތައް އަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދިނުމަށް ހުށަހެޅި ބިލެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
އެގޮތުން އެ ބިލު މިހާރު ފަރުމާ ކޮށްފައިވަނީ، ހަސްމުންނާމެދު ހަމަހަމަ އުސޫލަކުން އަމަލުކުރެވޭނެ އިޖުރާއަތުތަކެއް ކަނޑައަޅައިދީ، މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދާއި އުފެދިފައިވާ ހުސޫމާތުގެ ކުޑަބޮޑުމިނަށާއި ހަސްމުންގެ މާލީ ހާލަތަށް ރިއާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަތަކާމެދު ގޮތެއް ނިންމޭނެ އުސޫލުތަކެއް ކަނޑައަޅައިދީ، އަދި ތަހުޒީބީ މުޖުތަމައުތަކުގައި ބަލައިގަނެފައިވާ ފަދަ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ބައްޓަން ކުރުމަށެވެ.
އެ ބިލުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި:
އޭޖީ އޮފީހުން ބުނީ، އެ ބިލާ ގުޅޭގޮތުން ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، އެޓާނީ ޖެނެރަލްގެ އޮފީހަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އީ-މެއިލް މެދުވެރިކޮށް ހިޔާލު ހުށަހަޅަންޖެހޭނީ [email protected] އަށެވެ.