އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އަންނަ 2020 ވަނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ އަންނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ހަ ދުވަހެއް އިތުރަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ އިތުރު ދުވަސްތައް:
އަންނަ އަހަރުގެ މީލާދީ ކަލަންޑަރުގައި ބަންދު ދުވަސްތަކުގެ ގޮތުގައި ހިމަނާފައި ވަނީ 19 ދުވަހެވެ.
ނަމަވެސް ރައީސް ނިންމެވި ދުވަސްތަކާއެކު ޖުމްލަ 25 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި އަންނަ އަހަރު ކަލަންޑަރުން ލިބޭނެއެވެ.