ޚަބަރު

ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކު ބަލިވެއިން ކަމަށް ބުނާ ވާހަކަ ޖެންޑާއިން ދޮގުކޮށްފި

މަރިޔަމް ޝަހުދާ

ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓަމުންދާ އުމުރުން 13 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބަލިވެއިން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ޖެންޑާ މިނިސްޓްރީން ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ފަތުރަމުންދާ އެވާހަކައިގައި ބުނެފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އެކުއްޖާ ރޭޕްކޮށް ބަލިވެ އިން ކަމަށެވެ. އަދި އެވާހަކަތައް ފޮރުވަން ދައުލަތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އެވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށްބުނެ ޖެންޑާ މިނިސްޓްރީން ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަދުނާމު ނުކުރުމަށް އެދިފައެވެ. އަދި އެކުދިން ބަދުނާމުކޮށް، އެފަދަ ހަބަރުތައް ފަތުރާ ފަރާތްތައް ހަރުކަށި އިބާރާތުން ޖެންޑާ މިނިސްޓްރީން ވަނީ ކުށްވެރިކޮށްފައެވެ.

ފުލުހުން ވެސް ބުނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުރި 13 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިނުވާ ކަމަށެވެ.