މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 2314 މީހުންނަށް އަލަށް ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ 160 މީހުން ރާއްޖެ އެތެރެވިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އަދި ހަތް މީހަކު އޮޅުވާލައިގެން ވަގު މައުލުމާތު ދީގެން ފުރަން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
އޭގެ އިތުރުން އޮފްލޯޑުކުރި ފަސިންޖަރުންގެ އަދަދު 149 އަށް އަރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 164،361 މީހުން ރާއްޖެ އެތެރެވެފައިވާ އިރު، އޭގެ ތެރެއިން 138،654 މީހުންނަކީ ފަތުރުވެރިންނެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ފުރާފައިވަނީ 169،170 މީހުން ކަމަށާއި އޭގެ ތެރެއިން 22،071 މީހުންނަކީ ދިވެހިން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.