ކ.ގާފަރު ހުޅަނގު ފަރާތު ކަނޑިންމައާ ދިމާލު ކަނޑުމަތިން ދެ ދޯނި ޖެހި އެކްސިޑެންޓެއް ހިނގައި ގެއްލުން ތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ އެހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4:20 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި އެތަނުން އެއް ދޯންޏަށް ލިބުނު ގެެއްލުންތަކުގެ ތެރޭގައި، ދޯނީގެ ވާތްފަރާތު ދިރުނބާކޮޅު އަރިމަތިން ހަ މަޑޫ ހަލާކުވެ، ގެގަނޑުގެ ކަނާދިމާލުން ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަނެެއް ދޯނީގެ ކަނާތްފަރާތުން ދިރުނބާކޮޅުގެ ދެ ތަނަކުން މަޑުލަށް ގެއްލުން ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ދެ އުޅަނދުގެ ކެޕްޓަނުންގެ ލައިސެންސް ވަނީ ހިފަހައްޓާފައެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުުހުން ވަނީ ބުނެފައެވެ.