ނެޝަނަލް ބޯޓިން އެސޯސިއޭޝަން ގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ބޯޓިން އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ނަމަވެސް އެ މުއްދަތު މިމަހުގެ 14 ވާ އަންނަ ހޮނިހިރު ދުވަހުގެ 15:00ގެ ނިޔަލަށް އިތުރުކުރީ ގިނަ މެންބަރުންގެ އެދިލެއްވުމުގެ މަތިން ކަމަށެވެ.
ހިންގާ ކޮމެޓީގެ އިތުރުން އެ އެސޯސިއޭޝަންގެ އިތުރު ހަތަރު ކޮމެޓީއަކަށް މެންބަރުން ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
އެގޮތުން އެޕީލް ކޮމެޓީއާއި، ޑިސިޕްލިނަރީ ކޮމެޓީއާއި، ޕްރޮމޯޝަންސް ކޮމެޓީގެ އިތުރުން ޑިވޮލޮޕްމެންޓް ކޮމެޓީއާ ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބޯޓިން އެސޯސިއޭޝަނުން ބުންޏެވެ.
ކޮމެޓީތަކަށް މެންބަރުން ނެގުމަށް ބާއްވާ ބޯޓިން އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުން އޮންނާނީ އަންނަ ހޯމައިގައި ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
ކޮމެޓީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ނަމާއި، އައިޑީކާޑު ކޮޕީއާއި، އީމެއިލް އާއި، އެޑްރެސް، މަސައްކަތް ކުރާ ކުންފުނީގެ އިތުރުން ކުރިމަތިލާން ބޭނުންވާ މަގާމާއެކު މެއިލް ކުރަން ޖެހޭނީ [email protected] އަށެވެ.