ހަތް ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގެ ސަރުކާރުން ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.
އެމްޓީސީސީއާ މިއަދު ހަވާލުކުރީ އދ. މަންދޫ އަދި ނ. ލަންދޫގެ ބަނދަރު ޑިޒައިންކޮށް ހެދުމުގެ މަސައްކަތާއި ށ. ބިލެތްފަހި، ށ. ޅައިމަގު، ރ. ރަސްމާދޫ، ފ. ދަރަނބޫދޫ އަދި ދ. ހުޅުދެލީގެ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތެވެ. މި ހަތް ރަށުގެ މަސައްކަތަށް އެމްޓީސީސީއާ ހަވާލުކުރީ ޖުމްލަ 258 މިލިއަން ރުފިޔާއަށެވެ.
- މަޝްރޫއުތަކުގެ ތަފްސީލު
- - ބިލެތްފަހި ބަނދަރު އަޕްގުރޭޑިން: 365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 31.6 މިލިއަން ރުފިޔާއަށް
- - ޅައިމަގު ބަނދަރު އަޕްގުރޭޑިން: 480 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 56.3 މިލިއަން ރުފިޔާއަށް
- - ރަސްމާދޫ ބަނދަރު އަޕްގުރޭޑިން: 365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 19 މިލިއަން ރުފިޔާއަށް
- - ދަރަނބޫދޫ ބަނދަރު އަޕްގުރޭޑިން: 397 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 38.3 މިލިއަން ރުފިޔާއަށް
- - ހުޅުދެލި ބަނދަރު އަޕްގުރޭޑިން: 362 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 39.8 މިލިއަން ރުފިޔާއަށް
- - މަންދޫ ބަނދަރު ޑިޒައިންކޮށް ހެދުން: 330 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 37.4 މިލިއަން ރުފިޔާއަށް
- - ލަންދޫ ބަނދަރު ޑިޒައިންކޮށް ހެދުން: 420 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 35.6 މިލިއަން ރުފިޔާއަށް