ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވައިފި

އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ދާދި ދެންމެ ކުރައްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަކީ ދިވެހި ޖުމުހޫރިއްޔާގެ ހަތް ވަނަ ރައީސް އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް މަގާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓު އިއުލާނުކުރެއްވުން މިރޭ ބާއްވަވަން ވަނީ ނިންމަވައިފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާކުރެއްވީ އެކަމަށްޓަކައި ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ. ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެމްއާރްއެމްގެ ރައީސް މައުމޫނާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އެވެ.