މޯލްޑިވްސް ޖަސްޓިސް ޕާޓީ (އެމްޖޭޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން ބުނީ، އެމްޖޭޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އެ ކޮމިޝަނަށް ހުށަހަޅާފައިވީ ނަމަވެސް އެޕާޓީއަށް ހުއްދަ ނުދިނީ މިހާރުވެސް އިލެކްޝަންގެ ދަފްތަރުގައި ރަޖިސްޓަރީ އޮންނަ ސިޔާސީ ޕާޓީއަކާއި ނަން އެއް ގޮތް ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
މިހާރުވެސް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ 10 ޕާޓީއެއް އޮވެއެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދާލަތު ޕާޓީ، ޑީއާރުޕީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގުރެސް އަދި އެމްއާރުއެމްއެވެ.
މި 10 ޕާޓީގެ އިތުރުން ސަންރައިސް ޕާޓީ އާއި ދިވެހި އެންމެންގެ ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އެ ދެ ޕާޓީއަށް އީސީން ވަނީ މިދިޔަ މަހުގެ ތެރޭގައި ހުއްދަ ދީފައެވެ.