ލިލީ ބީޗް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ މީހާ މަރުވެފައި އޮތްކަން އެނގުނީ މިއަދު ނިދާ ނުހޭލައިގެން ބެލުމުން ކަމަށެވެ.
ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި މަރުވެގެން ރިޕޯޓުކޮށްފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ 38 އަހަރުގެ އިންޑޮނޭޝިއާއަށް ނިސްބަތްވާ ފިރިހެން މުވައްޒަފެއް ކަމަށެވެ.
މި ހާދިސާގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އެފަރާތުން މައުލޫމާތުދެއެވެ.