ޕާކް ހަޔާތު މޯލްޑިވްސް ހަދަހާގައި ސްނޯކްލިންގ އަށްގޮސް އުޅުން ފަތުރުވެރިޔަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ކަމުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު 13:50 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ އެމެރިކާއަށް ނިސްބަތްވާ 62 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.
އެމީހާ މިހާރު ވަނީ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.