ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުން

18 Nov 03:46

ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި.

18 Nov 03:38

ސިފައިންނާއި ފުލުހުންގެ އިދާރާއަކީ ރައްޔިތުން އިތުބާރުކުރާ ގަދަރުވެރި ދެ މުއައްސާސައަށް ހަދާނަން: ރައީސް ސޯލިހު

18 Nov 03:37

ރާއްޖެއާ އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމުތަކާ އަޅުގަނޑުމެން ގުޅުން ބަދަހިކުރާނަން: ރައީސް ސޯލިހު

18 Nov 03:37

ފުރަތަމަ 100 ދުވަހުގައި އަޅުގަނޑުގެ ސަރުކާރުން ކުރާނެ ކަންތައްތައް މިއަދު ހާމަކުރާނަން: ރައީސް ސޯލިހު

18 Nov 03:32

18 Nov 03:29

ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑު އަޅަން ފަސްޖެހޭނެ ފިޔަވަޅެއް ނޯންނާނެ: ރައީސް ސޯލިހު

18 Nov 03:28

ގާނޫނުގެ ރައްކާތެރިކަން އަޅުގަނޑު ކަށަވަރުކޮށްދޭނަން: ރައީސް ސޯލިހު

18 Nov 03:28

ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަކީ ދެފުށް ފެންނަ މަސައްކަތްތަތަކަށް ހަދަން އެބަޖެހޭ: ރައީސް ސޯލިހު

18 Nov 03:27

ނިގުޅައިގެންފައިވާ ހައްގުތައް ރައްޔިތުންނަށް ހޯދައިދޭން އެބަޖެހޭ، ދިވެހި ހަޒާނާއިން ގެއްލިފައިވާ ފައިސާ ދިވެހިންނަށް ހޯދައިދޭން އެބަޖެހޭ، ގެއްލުވާލާފައިވާ މީހުންގެ ހަގީގަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ: ރައީސް ސޯލިހު

18 Nov 03:26

ދައުލަތުގެ މާލީ ހާލަތު މި ހާލަތުގައި އޮތް ނަމަވެސް، ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެމުން ދާނަން: ރައީސް ސޯލިހު

18 Nov 03:25

ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތުން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި، އެ ގެއްލިފައިވާ ފައިސާގެ އަދަދު އަދިވެސް ސާފެއް ނުވޭ: ރައީސް ސޯލިހު

18 Nov 03:24

ފަނޑިޔާރުންނަށް ނުފޫޒެއް ނެތި ޝަރީއަތްތައް ހިންގޭނެ މަގެއް ހޯދައިދޭން ޖެހޭ: ރައީސް ސޯލިހު

18 Nov 03:23

އަޅުގަނޑުގެ ސަރުކާރުގައި އެއްވެސް ރައްޔިތަކު ބާކީވެގެންނެއް ނުދާނެ: ރައީސް ސޯލިހު

18 Nov 03:23

މިއުފެދޭޭ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ނަސްލަށް، ކުލައަށް، ޖިންސަން، ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، މާލީ ފުދުންތެރިކަމަކަށް، އުފަން ރަށަކަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ބަލައިގެންނެއް ނޫން: ރައީސް ސޯލިހު

18 Nov 03:22

ކުރިއަށްއޮތް ތަނުގައި ރައްޔިތުންނަށް ފެންނާނީ ޖަވާބުދާރީވާ ސަރުކާރެއް: ރައީސް ސޯލިހު

18 Nov 03:21

އަޅުގަނޑު ވެފައިވާ ވައުދުތަކެއް ހަނދާން ނައްތައެއް ނުލާނަން: ރައީސް ސޯލިހު

18 Nov 03:20

ރައްޔިތުން ވޯޓުދެއްވީ އިންސާފުގެ މަގަށް މިގައުމު ގެންދަން، ހަމަހަމަ ވެއްޓެއް ގާއިމުކުރުމަށް، ކޮރަޕްޝަން ނައްތާލުމަށް، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް: ރައީސް ސޯލިހު

18 Nov 03:18

އުންމީދުތައް ހާސިލްކޮށްދިނުމަށްޓަކައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތްކޮށްދިނުމުގައި ދެމިހުންނާނަން: ރައީސް ސޯލިހު

18 Nov 03:18

ﷲގެ ވާގިފުޅާއެކު ކުރި ހުވަޔާ އެއްގޮތަށް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން: ރައީސް ސޯލިހު

18 Nov 03:14

18 Nov 03:11

ފައިސަލް ނަސީމު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގެ ހުވާކުރައްވައިފި. ހުވާލައިދެއްވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ.

18 Nov 03:04

18 Nov 03:03

އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވައިފި. ހުވާލައިދެއްވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ.

18 Nov 03:02

18 Nov 03:00

ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިފި. ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް. އެ ޖަލްސާގައި ހާޒިރުވެވަޑައިގަންނެވީ 66 މެމްބަރުން.

18 Nov 02:54

އެ ޖަލްސާގައި ރައީސާއި ނައިބު ރައީސަށް ހުވާލައިދެއްވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ.

18 Nov 02:53

ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަލޮޅު ދަނޑަށް ވަޑައިގެންފި. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ވަޑައިގެންނެވި. އިބްރާހިމް މުހައްމަދު ސޯލިހު ގަލޮޅު ދަނޑަށް ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި.

18 Nov 02:50

18 Nov 02:48

ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނައިކޭ ކުމާރަތުންގާ ޖަލްސާއަށް ވަޑައިގެންފި.

18 Nov 02:46

18 Nov 02:44

ހުވާކުރެއްވުމަށް ބާއްވާ ޖަލްސާއަށް އިންތިހާބީ ރައީސް ފައިސަލް ނަސީމް ވެސް ވަޑައިގެންފި.

18 Nov 02:43

އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ބާއްވާ ޖަލްސާއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ގަލޮޅު ދަނޑަށް ވަޑައިގެންފި.

18 Nov 02:42

18 Nov 02:39

18 Nov 02:35

އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ރަސްމިއްޔާތަށް ވަޑައިގެންފި. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވެސް ވަނީ ވަޑައިގެންފައި.

18 Nov 02:30

18 Nov 02:29

އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ވަޑައިގަންނަވާފައި.

18 Nov 02:26

18 Nov 02:25

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކެބިނެޓުގައި މަސައްކަތްކުރައްވާނެ ބޭފުޅުން މަގާމަށް އައްޔަން ކުރެއްވުން މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައި. ނަމަވެސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓް އަދި އިއުލާންކުރައްވައިފައެއް ނުވޭ.

18 Nov 02:23

18 Nov 02:01

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ކަމުން އަބްދުﷲ ޝާހިދު. ޝާހިދަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށް ބެލެވޭ.

18 Nov 01:58

18 Nov 01:56

ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައި ފުރަތަމަ ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވައި، ހުވައިގެ އިގުރާރުގައި ސޮއިކުރެއްވުން.

އެއަށްފަހު ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށް ކަނޑައަޅުއްވާފައިވާ ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމުގެ ހުވާ ކުރައްވައި، ހުވައިގެ އިގުރާރުގައި ސޮއިކުރެއްވުން.

އަދި ޖަލްސާ ނިންމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވޭ.

18 Nov 01:52

އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންފި.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މަރުހަބާ!

އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމަށް އަދި ފައިސަލް ނަސީމް ނައިބު ރައީސްކަމުގެ ހުވާކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5:00ގައެވެ.

އެ ރަސްމިއްޔާތަށް އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނައިކޭ ކުމާރަތުންގާ އަދި ސައުދީ އަރަބިއްޔާގެ ޕްރިންސް ޑރ. މަންސޫރު ބިން މުތައްއިއްބު ބިން އަބްދުލް އަޒީޒް އަލްސައުދު ފާހަގަކޮށްލެވެއެވެ.

ސެޕްޓެމްބަރު 23ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވާދަކޮށް، އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބުކުރެއްވީ ބޮޑު އިންސަތައެއްގެ ވޯޓު ހޯއްދަވައިގެންނެވެ.