ރައީސް ޔާމީން

ފަސް އަހަރުގެ ތާރީހީ ސަފުހާ ތަކަކީ 50 އަހަރުގެ ތަރައްގީ ލިޔެވިގެންދާނެ ސަފުހާތަކެއް: މެމްބަރު ޝިޔާމު

ޝަހީދާ އަބްދުﷲ ސައީދު

ރައީސް ޔާމީންގެ ފަސް އަހަރުގެ ތާރީޚީ ސަފުހާތަކަކީ 50 އަހަރުގެ ތަރައްގީ ލިޔެވިގެންދާ ސަފުހާތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައިސް ޔާމީނަށްޓަކައި ދިވެހި ރައްޔިތުން އަބަދުވެސް ފަހުރުވެރިވެ، ޝުކުރުވެރިވާނެ ކަމަށެވެ.

''ރައީސް ޔާމީންގެ ފަސް އަހަރުގެ ތާރީހީ ސަފުހާތަކަކީ 50 އަހަރުގެ ތަރައްގީ ލިޔެވިގެންދާ ސަފުހާތަކެއްކަން ދިވެހި ފަސްގަނޑު މިއަދު ހެކިދޭ. ރައިސް ޔާމީނަށްޓަކައި ދިވެހި ރައްޔިތުން އަބަދުވެސް ފަހުރުވެރިވޭ، ޝުކުރުވެރިވާނެ.'' ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ތަރައްގީ ސިފަ ކުރައްވާ ޝިޔާމް ވާހަކަދެއްކެވި އިރު، ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ރައީސް ޔާމީންގެ ފަސް އަހަރުގައި ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު ދަންނަވަމުންނެވެ.