ޑަބްލިއުއެޗްއޯ ގެ ''ގްލޯބަލް މީޓިންގް ޓު އެކްސެލަރޭޓް ޕްރޮގްރެސް ޓުވާޑްސް އެސްޑީޖީ ޓާގެޓް 3.4 އޮން ނަން ކޮމިއުނިކަބަލް ޑިީސީސަސް އެންޑް މެންޓަލް ހެލްތު'' ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އޮމާނަށް ފުރާވަޑައިގެންފި އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމަކީ ޑަބްލިއުއެޗްއޯ އަދި އޮމާންގެ ހެލްތު މިނިސްޓްރީން ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އަމީނު ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.
މި ބައްދަލުވުމުގައި އެކި ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ އިތުރުން އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި ބައްދަލުވުމުގައި ގައިންގަޔަށް ނާރާ ބަލިތަކާއި ނަފުސާނީ ބަލިތަކާއި ގުޅޭ ގޮތުން ހުރި ''ސްޓްރެޖިޓިކް ޑިވަލޮޕްމަންޓް ގޯލް''ތައް ހާސިލް ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އޮމާން ގައި މި ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމައިން ފެށިގެން މިމަހު 12ގެ ނިޔަލަށެވެ.