ކޮކާ ކޯލާއިން މުޅިން އާ ދިހަ ބާވަތެއްގެ މޮކްޓެއިލް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ކޮކާ ކޯލާއިން ރާއްޖެއަށް މިޅިން އަލަށް ދިހަ ބާވަތެއްގެ މޮކްޓެއިލް ތައާރަފުކުރީ ސޯލްޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ ކެފޭތަކަށް ހުޅުވާލެވިގެން ކުރިއަށްދިޔަ ވޯކްޝޮޕަކަށްފަހު މި ބުއިންތަކުގެ ރަހަ ވަނީ ނޫސްވެރިންނަށާއި ރަސްމިއްޔާތުގައި ބައިވެރިވި މީހުންނަށް ދައްކާލައިފައެވެ.
މީގެ އިތުރުން މިއަދު ވަނީ ކޮކާ ކޯލާއިން އެ ބުއިންތައް ތައްޔާރު ކުރާނެ ގޮތް އޭގައި ބައިވެރިވި ދިހަ ކެފޭއެއްގެ ބައިވެރިންނަށް ދަސްކޮށްދީފައެވެ. ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތަށްފަހު، އެ ވޯކްޝޮޕުގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
މިއަދު ކޮކާކޯލާއިން ތައާރަފު ކުރި މޮކްޓެއިލްތަކުގެ ތެރޭގައި ހިމެނެނީ ސްޕައިސީ ޗޮކްލެޓް ކޯލާ، މެލަން މިންޓް ކޫލަރ، ސްޕްރައިޓް ޕޮމަގްރެނޭޓް، ސްޕްރައިޓް އޮރެންޖް ބަބްލީ، ކެރެބިއަން ސަންސެޓް މޮކްޓެއިލް، ލޯންގް އައިލެންޑް އައިސް ޓީ، ކްލެއާވޮއިއޭންސް، ޔުނިކޯން ލެމަނޭޑް، ސޯލްޓެޑް ކެރެމަލް ކޯކްގެ އިތުރުން ބެންޑްރާ ދި މެކްސިކޯ ސްޕްރައިޓް ޕުންޗް އެވެ.
އަލަށް ތައާރަފު ކުރެވުނު މީރު ބުއިންތައް ކެފޭތަކުން މިހާރު ލިބެން ހުންނާނެ ކަމަށް ކޮކާ ކޯލާ އިން މައުލޫމާތުދެއެވެ.