ޚަބަރު

އެމްޑީޕީއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެއެވެ.

އެމެރިކާގެ ވޮޝިންގްޓަން ޑީސީގައި މިއަދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އެމްޑީޕީއަށް ދީފައިވަނީ އިންޓަނޭޝަނަލް ޑެމޮކްރެޓް ޔޫނިއަން (އައިޑީޔޫ) ދޭ ބުޝް ތޭޗާ އެވޯޑް ފޮ ފްރީޑަމްއެވެ. މިއީ އައިޑީޔޫއިން މިއަހަރު ތައާރަފްކޮށް އެވޯޑް ދިން ފުރަތަމަ ފަރާތެވެ.

އެމްޑީޕީއަށް އެ އެވޯޑް ދީފައިވަނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށްޓަކައި އެޕާޓީން ކޮށްފައިވާ މަސައްކަތް ފާހަގަކޮށެވެ.

ޕާޓީގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. މި އެވޯޑާ ހަވާލުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފާއި އދ. އަށާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިން ބައިވެރިވެ ވަޑައިގަތެވެ.