އަހުމަދު ނާޒިމް

ކުރީގެ މަޖިލިސް މެންބަރު ނާޒިމް ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.

ނާޒިމް ރާއްޖެއަށް ވަޑައިގެންނެވީ މިއަދު ހެނދުނު ސްރީލަންކަން އެއާލައިން އިންނެވެ.

ނާޒިމް އަށް މަރުހަބާ ދެންނެވުމަށް ސިޔާސީ ބޭފުޅުންގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އޭގެ އިތުރުން ނާޒިމްގެ އާއިލާގެ ބޭފުޅުންނާ ރައްޓެހިން ވެސް އެއާޕޯޓަށް ގޮސް ތިއްބެވެ.

ނާޒިމް އުމުރު ދުވަހަށް ޖަލަށް ލާން 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ދައުލަތުން ކުރި މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާގެ ތެރެއިން އެއް ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

ނާޒިމްގެ ފަރާތްޕުޅުން އެ މައްސަލަ ރިވައިކޮށްދޭން އެދިވަޑައިގަތުމާ ގުޅިގެން ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ އޭނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށްފަ އެވެ. އަދި ހުކުމާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ވެސް ނޭޅުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.