ޚަބަރު

ސައުދުﷲ އަކީ ވަފާތެރިކަމުގެ ލާމަސީލު މިސާލެއް - މައުމޫން

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އަކީ ވަފާތެރިކަމުގެ ލާމަސީލު މިސާލެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ކުރެއްވި ޓްވީޓެއްގައި ސައުދުﷲ ވިދާޅުވީ އަބަދުވެސް ހުންނަވާނީ ރައީސް މައުމޫނާ އެކުގައި ކަމަށެވެ.

"2009 އިން ފެށިގެން މިހުރީ ރައީސް މައުމޫނާ އެކު. ޕީޕީއެމް އިން ވަކިވިޔަސް ޕާޓީއަކަށް ސޮއި ކުރާ ނަމަ ސޮއި ކުރާނީ ރައީސް މައުމޫން ހުންނަވާ ޕާޓީއަކަށް،" ސައުދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ފިކުރު ބަދަލުކުރުމެއް ނެތް ކަމަށާއި އެއްވެސް ފަރާތަކަށް ނުވިކޭނެކަން ޔަގީން ކުރައްވާ ކަމަށެވެ. އިސް ކުރާނީ ގައުމާއި ރައްޔިތުން ކަމަށްވެސް ސައުދުﷲ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ސައުދުﷲ ގެ ވަފާތެރިކަމަށް ތައުރީފު ކުރައްވައި، ރައީސް މައުމޫން ވަނީ އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ.