ޚަބަރު

ޕޮލިޓެކްނިކާއި އެމްޑަބްލިއުއެސްސީއާ ދެމެދު މީހުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުހައްމަދު ޝަހީމް

ފަންނީ ދާއިރާތަކުން މީހުން ތަމްރީނުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ޕޮލިޓެކްނިކާއި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލި.އު.އެސް.ސީ) އާ ދެމެދު ސޮއިކޮށްފިއެވެ.

މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިޓެކްނިކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަހުމަދު ނަސީރެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާޒިމްއެވެ.

އެމްޑަބްލިއުއެސްސީގެ ފަރާތުން ކުރި ޓްވީޓް

މި އެއްބަސްވުމުގެ ދަށުން ފަންނީ ދާއިރާތަކުން ފަންނީ މީހުން ތަމްރީނު ކުރުމުގައި އެހީތެރިކަމާއި ފަންނީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖައްސާފަ އެވެ