ޚަބަރު

އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމް ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

އިބްރާހިމް ޒަކީ

1

އިންޑިއާގެ އެހީގައި އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމާބެހޭ މަޝްރޫއު އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެކަމަށް ހާއްސަކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މީގެ އިރުކޮޅެއް ކުރީން ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.

މި އެއްބަސް ވުމުގެ ދަށުން އައްޑޫސިޓީގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމް ކުރަން ހަމަޖެހިފައި ވަނީ ހިތަދޫ އާއި ހުޅުދޫމީދޫ އާއި މަރަދޫގައެވެ.

ރަށްރަށުގައި ބޭގޮށު މަސްފެކްޓަރީ ތައް ގާއިމް ކުރުމަކީ ސަރުކާރުގެ ވައުދެއެވެ.

އެހެންކަމުން ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އޮފްޝޯ ޕްލެޓްފޯމް (ކަންނެލި ޖަގަހަ) ތަކާއި، ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީތައް ގާއިމް ކުރުމަށް މަސްވެރިކަމުގެ ގާނޫނުގައިވެސް ވަނީ ހިމަނައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟