ހދ. ހަނިމާދޫގައި ދިވެއްސަކަށް އަނިޔާކޮށް ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ އެއްވަނަ ދުވަހުގެ ވަގުތެއްގައި ހދ. ހަނިމާދޫގައި 22 އަހަރު ފިރިހެނަަކަށް ބަޔަކު ބިރުދައްކައި އަނިޔާކޮށް ރަހީނުކޮށްގެން ގެންގުޅޭކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ރަހީނުކުރެވުނު މީހާ މިހާރު ސަލާމަތްކޮށްފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މި ދެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.