ޚަބަރު

އަންހެނުން ބާރުވެރިކުރުވުމަށް ކޯޓާ ކަނޑައަޅަން މަގުފަހިކުރަން ގާނޫނު އަސާސީގައި މާއްދާތައް އެބަހުރި: އަނީސާ

އާނިފާ ހުސެއިން ސިރާޖް

އަންހެނުން ބާރުވެރިކުރުވުމަށް ކޯޓާ ކަނޑައެޅުން ފަދަ ކަންކަމަށް މަގުފަހިކުރުމަށް ހާއްސަކޮށް ގާނޫނު އަސާސީގައި މާއްދާތައް ލިޔެފައި ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ކުރީގެ ކެބިނެޓު މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އަނީސާ މިހެން ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން ވަކި މިންވަރެއް އަންހެނުންނަށް ހާއްސަކުރަން ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށާއި އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެންނެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން މަޖިލީހަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހަކީ ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ހިމަނާފައިވާ އިސްލާހެވެ.

މިކަމާ ގުޅިގެން އަނީސާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ) އަކީ އަންހެނުން ބާރުވެރިކުރުވުމަށް ކޯޓާ ކަނޑެޅުން ފަދަ ކަންކަމަށް މަގުފަހިކުރުމަށް ހާއްސަކޮށް ލިޔުނު މާއްދާއެއް ކަމަށެވެ.

ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ހިމަނާފައިވާ އިރު މި އިސްލާހާ މެދު ހިޔާލުތަފާތުވުންތައް ވެސް ވަނީ އުފެދިފަ އެވެ. އެއްބަޔަކު ގަބޫލުކުރާގޮތުގައި އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑި ހާއްސަކުރުމަކީ ތަފާތު ކުރުމެކެވެ. އަދި އިސް މަގާމުތަކަށް އައްޔަންކުރަން ވާނީ ޖިންސަކަށް ބެލުމެއް ނެތި، ކަމަށް އެންމެ ގާބިލު މީހާއެވެ.

މި މައުޟޫއާ ގުޅޭ ގޮތުން، އެމްއާރުއެމްގެ ނައިބު ރައިސާ އާމިނަތު ނާދިރާ ވިދާޅުވީ، އެންމެ ފިރިހެނަކު ދެތިންހަތަރު އެންހެނުންނާ އެއްފަހަރާ އިނދެގެން އުޅުމަކީ ފިރިހެނުންގެ ހައްގުތަކަށް ވަރަށް ބޮޑު އުނިކަމެއް ލިބޭ ކަމެއް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ) ވެސް އެކަމަށް ޖާގަ ނުދޭކަމަށް ނާދިރާ ވިދާޅުވިއެވެ.