ޚަބަރު

މަޖީދިއްޔާ ސްކޫލް ކައިރިން މީހަކަށް ހަމަލާދީ 2800 ޑޮލަރު ފޭރިގަނެފި

އަމީރު އަހުމަދު މަގު، މަޖީދިއްޔާ ސްކޫލް ކައިރިން މީހަކަށް ހަމަލާދީ 2800 ޑޮލަރު ފޭރިގަނެފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް މިއަދު 13:55 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މަޖީދިއްޔާ ސްކޫލް ކައިރިން މީހަކަށް ހަމަލާދީ، އޭނާ އަތުން ފޭރިފައިވަނީ އޭނާ ވައްޓާލުމަށްފަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި 2800 ޑޮލަރުގެ އިތުރުން އެމީހާގެ ފޯނުވެސް ފޭރިފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ނަމަވެސް މިހާތަނަށް މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.