ޚަބަރު

ބްރޯޑްކޮމް އަށް މަރިޔަމް ވަހީދާ، އަލީ ޔޫސުފް، އަހްމަދު ގައިސް އަށް ވޯޓުދޭން އެމްޑީޕީން ފާސްކޮށްފި

އިބްރާހިމް ޒަކީ

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރު ގ. ހިލްމަން މަރިޔަމް ވަހީދާ އާއި ހަވީރު ނޫހާއި ރާއްޖޭގެ ޓީވީގެ އިތުރުން މީޑީއާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ ޅ. ހިންނަވަރު، ބާރަނަ، އަލީ ޔޫސުފް އާއި، ގދ. ތިނަދޫ ސަނީޑޭލް، އަހްމަދު ގައިސް އައްޔަންކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ގްރޫޕުުގެ ބައްދަލު ވުމެއްގައެވެ.

ބްރޯޑް ކޮމްގެ ތިން މެންބަރެއްގެ މަގާމު ހުސްވެފައިވާތީ، އެ މަބަމުތަކަށް ތިން ބޭފުޅަކު އައްޔަތަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާކޮށް ކޮމިޓީން މަޖިލީހަށް ފޮނުވި ރިޕޯޓަށް ވޯޓަށް އަހައި ތިން ބޭފުޅަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ތިން ބޭފުލަކު ބްރޯޑްކޮމް އަށް އައްްޔަން ކުރަން ރައީސް މަޖިލީހަށް ފޮނުއްވި ދެ ލިސްޓްގައި ހިމެނޭ ނަންތަކަށް މަޖިލީހުގައި މިއަދު ވޯޓަށް އަހާނެ އެވެ.

އޭގެ ތެރެއިން އެއް އަލީ ޔޫސުފް އާއި ގައިސް ހޮވުމަށް އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުން ފާސްކޮށްފައި ވަނީ އެބޭފުޅުން ހިމެނިވަޑައިގަންނަވާ ލިސްޓުގެ އެއްވަނައިގައި ހިމެނިވަޑައިގަންނަވާ ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް ކަޓުވާލުމަށްފަހުގައެވެ.