ޚަބަރު

ބަދަލު ދިނުން ކުރިއަށް ދަނީ މަޖިލީހާއި އެމްޑީޕީ އާއި ސަރުކާރުުގެ ބާރުހުރި ބައެއްގެ މަސްލަހަތުން: ޝަރީފް

އިބްރާހިމް ޒަކީ

1

ފައިސާގެ ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކަށް ސަރުކާރުން ބަދަލު ދިނުން ހުއްޓާނުލައި ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީ އާއި ސަރުކާރުގައި ތިއްބެވި ނުފޫޒުގަދަ ބާރުހުރި ބައެެއް ބޭފުޅުންގެ މަސްލަހަތު އޮވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން ބަދަލުދޭން ނިންމި ނިންމުން މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ސިޔާސީ ލީޑަރުންނަށް ކުރާ ހުކުމްތައްް ރިވިއު ކުރެވޭއިރު ބޮޑެތި އަދަދުތަކުން ބަދަލުގެ ބޮތުގަިއ ރައްޔިތުންގެ ފައިސާ ނަގައި ދިނުމަށް ކޯޓުން ކުރާ ހުކުމްތައް ރިވިއު ނުކުރަނީ ކީއްވެތޯ، ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ. އަދި އެ މައްސަލަ އޭރުގެ އެޓާނީޖެނެރަލް ހައިކޯޓުގައި އިސްތިއުނާފް ކުރީ، އިސްތިއުފާންކުރަންޖެހޭ މުއްދަތު ހަމަވުމުންކަމަށްބުނެ، މިހާރުގެ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަޅުމުން އެކޯޓުން ވަނީ އެ ހުކުމް ދަމަހައްޓައިފައެވެ.

ޝަރީފު ވިދާޅުވީ އެ މައްސަލަ ހައިކޯޓީގައި އިސްތިއުނާފް ނުކޮށް ހިފާއްޓާފައި ވަނީ ގަސްތުގައި ކަމަށާއި ބަދަލުގެ ގޮތުގައި ބަޔަކަށް ބޮޑު އަދަދެއްގެ ފައިސާތަކެއް ދިނުމަށް ކަަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟