ޚަބަރު

މެޖޯރިޓީ ޕާޓީން ބަޖެޓް ހުށަހަޅާފައި ވަނިކޮށް ޖުމްލަ އަދަދަށް ބަދަލު އައިސްގެން ނުވާނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހަޅާފައި ވަނިކޮށް، ބަޖެޓްގެ ޖުމްލަ އަދަދަށް ބޮޑެތި ބަދަލުތަކެއް އައިސްގެން ނުވާނެ ކަމަށް ރައްޔިތުގެ މަޖލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓް، ބަޖެޓް ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓް ދައުލަތުން ހުށަހެޅި ވަރަށްވުރެ އިތުރު ކޮށްފައިވާތީ މަޖިލިސް ރައީސް ވިދާޅުވީ ބަޖެޓްގެ ޖުމްލަ އަދަދަށް ބަދަލު ގެނަސްގެންނުވާނެ ކަމަށެވެ.

ދައުލަތުން ހުށަހެޅި ބަޖެޓްގައި ހިމަނާފައިވާ ޕީއެސްޕީއަށް 273 މިލިޔަން، އަދި އޮފީސްތަކުގެ ބަޖެޓަށް 93 މިލިޔަން، ބަޖެޓް ބަޖެޓް ކޮމިޓީން އިތުރު ކޮށްފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ދައުލަތުން ހުށަހެޅި 73.50 ބިލިޔަން ރުފިޔާގެ ބަޖެޓް، 37.87 ބިލިޔަނަށްވުރެ އިތުރު ވެފައިވާ ކަމަށެވެ.

އައި ދައުލަތުގެ ބަޖެތަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވާއިރު އެހާބޮޑު ބަދަލެއް އަންނަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ހަގީގަތުގައި ބަޖެޓްގެ ޖުމްލަ އަދަދަށް ބަދަލު އައިސްގެން ނުވާނެ، ހާއްސަ ގޮތެއްގައި ބަޖެޓް މި ހުށަހަޅަނީ މި މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ފަރާތުން، އެ ހުށަހެޅުމަށް މިފަދަ ބޮޑު ބަދަލެއް، އަޅުގަނޑު ދެކެ ގޮތުގައި އައިސްގެންނުވާނެ، ބަޖެޓް 5.8 ޕަސެންޓުގެ ޑެފިސިޓަކުން 6.2 ޕަސެންޓަށް ބަދަލު ވުމަކީ ވަރަށްބޮޑު އަދަދެއް. ހާއްސަކޮށް ހަރަދަށް ބަދަލު ގެނެވިފައި ވާއިރު ގައި އަންދާޒާ އާމް ދަނީއަށް ބަދަލު ގެނެވިފައެއްނުވޭ،" ބަޖެޓާބެހޭގޮތުން މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަކަށް ހަތް މިނިޓް ބަޖެޓަށް ވާހަކަ ދައްކަން ދެއްވުމަށްފަހު، މެންބަރުން ހުށަހަޅާފައިވާ އިސްލާހުތަކާއެކު ބަޖެޓް ފާސް ކުރަން ވޯޓަށް އައްސަވާނެ ކަމަށެވެ.