ސައުތު އޭޝިއަން ގޭމްސް

ސާއިދު 100 މީޓަރު ދުވުމުން ފައިނަލަށް ދަތުރުކޮށްފި

ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފައިނަލަށް ދަތުރުކޮށްފިއެވެ.

ސާއިދު ފައިނަލަށް ދަތުރުކޮށްފައިވަނީ މިއަދު ހެނދުނު އޭނާ ދުވި 100 މީޓަރު ދުވުމުގެ ހީޓުގެ ތިންވަނަ ހޯދައިގެންނެވެ.

ސާއިދު އެ ދުވުން ފުރިހަމަކުރީ 10.66 ސިކުންތުންނެވެ. އެ ހީޓުގެ އެއްވަނަ 10.51 ސިކުންތުން ދުވުން ފުރިހަމަކުރި ސްރީލަންކާގެ ހިމާޝާ އީޝަން ހޯދި އިރު، ދެވަނަ ހޯދީ 10.60 ސިކުންތުން ދުވުން ފުރިހަމަކުރި އިންޑިއާގެ ގުރިންދެވިރް ސިންގެވެ.

ސާއިދަކީ 2016ގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރިހި މެޑަލް ހޯދި އެތުލީޓެވެ.