ފ. ނިލަންދޫގައި އިންޓަނެޓް ހިދުމަތް ދިނުމަށް ބޭނުންކުރާ ނެޓްވޯކް ޑިސްޓްރިބިއުޝަން ބޮކްސް އަކަށް ގެންލުންދީފިއެވެ.
ނެޓްވޯކް ޑިސްޓްރިބިއުޝަން ބޮކްސް އަށް ގެއްލުންދިން ވަކި ދުވަހެއް ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުން ދާއިރު، މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.