އިބްރާހިމް ޒަކީ
މި ޑިސެމްބަރު މަހުގެ ހަތަކާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ، މިއަހަރުގެ ތިންވަނަ ދައުރު، އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.
މުހިއްމު މަސައްކަތްތަކެއް މަޖިލީހުގަިއ ހުރިކަން ފާހަގަ ކުރައްވައި، މަޖިލީހުގެ މިހިނގާ ދައުރު އިތުރު ކުރަން މިދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދުގެ ހުށަހެޅުއްވުން މަޖިލީހުން ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވިއެވެ.
ތިންވަނަ ދައުރު އިތުރު ކުރަން މަޖިލީހުން ފާސް ކޮށްފައި މިވަނީ ދެވަނަ ފަހަރަށެވެ.
މަޖިލީހުގެ މި ދައުރު ހުސްވި ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި އޮތް ނަމަވެސް މި ދިޔަ ހަފްތާގައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަކަށް ޖަލްސާތައް ދައްމާލުމަށް މަޖިލީހުން ފާސްކޮށްފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ ދައުރު ދިގު ކުރަން ޖެހެނީ، މަޖިލީހުގައި ކުރިއަށް އޮތީ، އަންނަ 2020 ވަނަ އަހަރުގެ ބަޖެޓް ފާސް ކުރުމުގެ މަސައްކަތާއި އެ ބަޖެޓާގުޅޭ ބައެއް ގާނޫނު ތަކާއި ލާމަރުކަޒީ ނިޒާމާބެހޭ ބައެއް އިސްލާހުތައް މަޖިލީހުގެ ފާސްކުރަންޖެހޭތީ ކަމަށެވެ.